Popular searches
މި ސެންޓަރުގައި ހުރި ބޭނުންނުކުރެވޭ ވަރަށް ބައުވެ އަދި ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިއުމަށްވަނީ ހަމަޖެހިފައިވެއެވެ.
މި ނީލަމާގުޅޭ ތަފްޞީލު ތިރީގައި މިވަނީއެވެ.
މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި ނީލަމުގައި ބައިވެރިވެވޭނީ ނީލަމުގައި ބައިވެރިވެލެއްވުމަށް އެދި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓްރީވުމަށް އީ-މެއިލް ކުރައްވާއިރު ނީލަމުގައި ބައިވެރިވާ ފަރާތް/ކުންފުނީގެ ނަން، އައިޑީކާޑު/ރަޖިސްޓްރީގެ ކޮޕީއާއިއެކު ގުޅޭނެ ނަންބަރު ހިމަނަންވާނެއެވެ. ނީލަމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.